މާލެ ސިޓީގެ މައިޒާންތަކާއި ޕާކުތައް އާބާތުރަ ފިލުވުމުގެ ގޮތުން މުއިވެޔޮ މައިޒާނާއި، ރައިވެރިބޭ މައިޒާނާއި، އިސްކަންދަރު މައިޒާނުގައި މަރާމާތުގެ ބޮޑަތި މަސައްކަތް ކުރަން ފަށައިފި ކަމަށް ސިޓީ ކައުންސިލް އިން ބުނެފިއެވެ.
ސިޓީ ކައްންސިލް ބުނީ މުއިވެޔޮދޮށު މައިޒާނުގައި ކުޑަކުދިންނަށް ކުޅެވޭނެ އައު ސެޓެއް ހަރުކުރުމުގެ މަސައްކަތާއި އެކު ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމާއި، ރައިވެރިބޭ މައިޒާނުގައި ހަލާކުވެފައި ހުރި ކުޑަކުދިން ކުޅޭ ސާމާނުތައް ބަދަލުކޮށް އައު ކުޅޭ ސެޓު ބަހައްޓާ ކުޑަ ކުދިން ކުޅޭ ސަރަހައްދުގައި ކާޕެޓް އެޅުމުގެ މަސައްކަތްތަށް ކުރެވެމުންދާ ކަމަށެވެ. އަދި އެގޮތުން މިހާރު ވަނީ މި މައިޒާންތަކުގެ މަރާމާތު ކުރުމުގެ ބޮޑެތި މަސަކަތްތަށް ފަށާފައި ކަމަށެވެ.
މީގެ އިތުރުން އިސްކަންދަރު މައިޒާނުގައި ވެސް ހަލާކުވެފައި ހުރި ކުޑަކުދިން ކުޅޭ ސާމާނުތައް ބަދަލުކޮށް އައު ކުޅޭ ސެޓު ބަހައްޓާ ކުޑަ ކުދިން ކުޅޭ ސަރަހައްދުގައި ކާޕެޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ސިޓީ ކައުންސިލް އިން ބުނެއެވެ.
2015 ވަނަ އަހަރު ހުޅުވިފައިވާ މި މައިޒާންތައް މަރާމާތު ކުރަން ފަށާފައި މިވަނީ އެ މައިޒާންތައް ހުޅުވިފަހުން ފުރަތަމަ ފަހަރު ކަމަށް ސިޓީ ކައުންސިލް އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް