ރިސޯޓެއްގައި ފަތުރުވެރިޔަކު ރޭޕް ކުރިކަމަށްބުނާ މައްސަލައެއް ބަލަން ފަށައިފި

ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕުކުރިކަމަށްބުނާ މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ކ. އަތޮޅު ރިސޯޓެއްގައި ޗުއ...

18 Jun 2023 | 06:26

ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕުކުރިކަމަށްބުނާ މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ރޭޕު ކޮށްފައިވާ މައްސަލައެއް މި ހިނގާ ޖޫން މަހުގެ ހަވަނަ ދުވަހު ހުށަހަޅާފައިވާކަމަށެވެ.

"ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި، ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމުގެ މަސައްކަތް މި ގެންދަނީ ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.

ދުވަހަށް އެނގިފައިވާގޮތުގައި މި ކޭހުގެ ވިކްޓިމަކީ ޗައިނާއަށް ނިސްބަތްވާ އަންހެނެކެވެ. މިކަމެއް ހިނގާފައިވަނީ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްގައި ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް