ވިމެން އިން ޓެކުން މިދިޔަ ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ އިންޓަނެޓް ގަވަރނަންސް ފޯރަމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ފޯރަމާއި ގުޅޭގޮތުން ވިމެން އިން ޓެކުން ބުނެފައިވަނީ މި ފޯރަމްގައި ތަފާތު އެކި ދާއިރާތަކުރެ ބައިވެރިވުމާއި އެކު ޖުމްލަ 13 ސެޝަން ކުރިއައް ގެންދިޔަ ކަމަށެވެ.
"މިއަހަރުގެ މި ފޯރަމްގައި ޖަމިއްޔާތަކާއި، ޓެލެކޮމް ޚިދުމަތްދޭ ފަރާތްތަކާއި، ތަޢުލީމީދާއިރާ، ޓެކްނޮލޮޖީ ދާއިރާގެ އެކި ފަރާތްތައް، ގާނޫނު ހަދާ ފަރާތްތައް، ލޯކަލް ކައުންސިލްތަކާއި ، ޒުވާނުން، އަދި އަމިއްލަ ވިޔަފާރިތަކުން އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ އަދި އިންޓަރނެޓް ގަވަރނެންސް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗައް ހުށައެޅުންތަކެއް ހުށައެޅި" ވިމެން އިން ޓެކުން ބުނެފައިވެއެވެ.
އައިޖީއެފް މޯލްޑިވްސް މިފަހަރު ރާވައިފައިވަނީ ވިމެން އިން ޓެކް މޯލްޑިވްސްއިން ޔޫއެސްއެއިޑް, ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެހީތެރިކަމާއެކުގައެވެ.
މި ފޯރަމްގައި ދިރާގު، އުރީދޫ މޯލްޑިވްސް، އޮކްސިކާ، ޖަވާބު ޕްރައިވެޓް ލިމިޓެޑް، އެސޯސިއއޭޝަން ފޯރ ޑިމޮކްރެސީ އިންދަ މޯލްޑިވްސް، ބްލައިންޑް އެންޑް ވިޝުައަލީ އިމްޕެއަރޑް އެސޯސިއޭޝަން، ވިމެން އިން ފުވައްމުލައް، ވިމެން އިން ޓެކް މޯލްޑިވްސް، ނޫނު އަތޮޅު ކައުންސިލް، އެން.ސީ.އައި.ޓީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ޖެންޑަރ އިން ސެޝަންތަކުގައި މައުލޫމާތު ހިއްސާކުރިއެވެ.
މި ފޯރަމްގައި މަޝްވަރާތް ކޮއްފައިވާ މައިގަނޑު މަޢުލޫތަކަކީ:
- ޑިޖިޓަލް ޑިވައިޑް ކުޑަކުރުން
- ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި ފްރީޑަމް އޮފް އެކްސްޕްރެޝަން
- ޑޭޓާ އަދި މައުލޫމާތު ބެލެހެއްޓުމާއި ގެންގުޅުން ހަރުދަނާކުރުން
- އީޖާދީ އައު ޓެކްނޮލޮޖީތައް
- ޑިޖިޓަލް އިކޮނޮމީއެއް ބިނާ ކުރުމަށް ޖާގަދިނުން
- ސައިބަރ ވެށީގެ ރައްކާތެރިކަމާއި ރެސިލިއެންސް
އައިޖީއެފްގެ އަސާސީ މަގުސަދަކީ އިންޓަނެޓް ގަވަރނަންސްއާ ބެހޭ ގޮތުން އެކި ފަންތީގެ މީހުންގެ މެދުގައި މަޝްވަރާ ކުރުމާއި، ބެސްޓްޕްރެކްޓިސް ހިއްސާކުރުން، ޚިޔާލު ހޯދުމުގެ އިތުރުން، ބިނާކުރަނިވި މަޝްވަރާތަކަށް މަގުހުޅުވާލުމެވެ. އަދި ޑިޖިޓަލް ދުނިޔޭގައި އުފެދިފައިވާ މައްސަލަތަކަށް އެއްބާރުލުން ދިނުމާއި ހޭލުންތެރިކަން އިތުރުކުރުމުގައި އައިޖީއެފް އަކީ ދުނީޔޭގެ އެހެން ޤައުމުތަކުގައިވެސް މުހިންމު ދައުރެއް އަދާކުރާ ޕްލެޓްފޯމްއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް