ދިވެހި ފުލުހުންނާއި ސިފައިން ހިމެނޭހެން ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ވަޒީފާއަށް އަލަށްނަގާ މީހުންގެ ނަފްސާނީ ހާލަތު ދެނެގަތުމަށްޓަކައި ހަދާ "ސައިކޮލޮޖިކަލް ޕްރޮފައިލިން" ހެދުމަށް އިންޑިއާގެ ޔުނިވާސިޓީއަކާއި ހަވާލުކުރަން އުޅޭކަމަށް ބުނާ ވާހަކަ ސިފައިން ދޮގުކޮށްފިއެވެ.
އެގޮތުން "އިންޑިއާއިން ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ރެކްރޫޓުންގެ ސައިކޮލޮޖިކަލް ޕްރޮފައިލް ހަދަނީ" މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރު ދޮގުކޮށް އެމްއެންޑީއެފްގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެ ހަބަރުގައި ފާހަގަކޮށްފައިވާފަދަ ޕްރޮފައިލް ހެދުމުގެ އެއްވެސް މަޝްވަރާއެއް ހެދުމުގެ އެއްވެސް މަޝްވަރާއެއް އެ މުއައްސަސާއިން ކުރަމުން ނުދާކަމަށެވެ.
ސަންގުގައި އެ ހަބަރު ރިޕޯޓްކޮށްފައިވަނީ އިންޑިއާގެ ހަބަރު ފަތުރާ ވަސީލަތަކާއި ހަވާލާދީ އެވެ.
އެގޮތުން ދިވެހިރާއްޖޭގެ ސަލާމަތީ މަސައްކަތްތަކަށް ހޮވޭ މުއައްޒިފުންގެ ސައިކޮލޮޖިކަލް ޕްރޮފައިލް ކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ އިންޑިއާގެ ގުޖުރާތުގެ ގަނދީނަގަރުގައި ހުންނަ ގައުމީ ފޮރެންސިކް ޔުނިވާސިޓީ އާއިއެކުގައި ކަމަށް ހަވާލދީ ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް