ލާމު ފޮނަދޫގައި މިހާރު ކުރިޔަށް ދާ ” ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023″ ގެ ފައިނަލުގައި ކަންމަތި ސްޕޯޓްސް ކުލަބާއި ގޯޅި ސްޕޯޓްސް ކުލަބު ބައްދަލުކުރަން ޖެހިއްޖެއެވެ.
ކަންމަތިން ފައިނަލުގެ ޖާގަ ހޯދީ ރޭ އައުޓްރީފް ސްޕޯޓްސް ކުލަބާއި ވާދަކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވުމުން ޕެނަލްޓީ ގައި 4-5 ގެ ނަތީޖާއިންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އައުޓްރީފުންނެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އައުޓްރީފަށް ލީޑު ނަގައިދިނީ އިސްމާއީލް ވަޖީހުއެވެ. ކަންމަތިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު ހާފުގައި ލިބުނު ޕެނަލްޓީއަކުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަލީ ހާފިޒްއެވެ.
މި ނަތީޖާގައި އޮވެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީގައި ކަންމަތިން އައުޓްރީފް ބަަލިކުރީ 4-5 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަންމަތި އެސްސީގެ އިބުރާހީމް މުބީންއެވެ.
ގޯޅި ސްޕޯޓްސް ކުލަބު ފައިނަލްގެ ޖާގަ ހޯދީ ބީޖީ ސްޕޯޓްސް ކުލަބާއި ވާދަކޮށް ފަސޭހަކަަމާއި އެކު މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މެޗު ގޯޅިން ކާމިޔާބު ކުރީ 0-8 ގެ ނަތީޖާއިން ބީޖީ ސްޕޯޓްސް ބަލިކުރުމަށް ފަހުގައެވެ.
މި މެޗުގައި ގޯޅިއަށް ލަނޑުތައް ޖަހައިދިނީ އަޙުމަދު ހަލީމް، އަބްދުﷲ ޖުނައިދު، ހުސެއިން ޝަރީފް އަދި އަބްދުﷲ ޝާފިއުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޯޅިއަށް ހަތަރު ލަނޑު ޖަހައިދިން އަބްދުﷲ ޖުނައިދުއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ. ފައިނަލުގައި ބައްދަލުކުރާނީ ކަންްމަތި ސްޕޯޓްސް ކުލަބާއި ގޯޅި ސްޕޯޓްސް ކުލަބެވެ.
މުމުބާރާތުގެ ފައިނަލް މެޗު ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023 ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއަލް މޯލްޑިވްސްއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި، ޝަބުނަމީ ހޯލްޑިންގް، ސިބްކޯ މޯލްޑްިވްސް، ކޮކާ ކޯލާ މޯލްޑިވްސްގެ އިތުރުން ލާމު ފޮނަދޫ ކައުންސިލް އަދި ސޯސަން ފިހާރަ ހިމެނެއެވެ. އަދި މީގެ އިތުރުން ސިލްވަރ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ ބެސްޓްބައި މޯލްޑްިވްސް އަދި ޔޫރޯ ސްޓޯރ އެމްވީއެވެ.
މުބާރާތުގެ ލައިވް ޕާޓްނަރ އަކީ “ލޫޕްކާސްޓް އެމްވީ” އެވެ. އަދި މުބާރާތުގެ އޮފިޝިއަލް މީޑިއާ ޕާޓްނަރ އަކީ “ދުވަސް އޮންލައިން” އެވެ. މުބާރާތުގެ ފޮޓޯ ޕާޓްނަރ އަކީ އިމޭޖަސް އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް