ފުލުހެއްގެ އަތަކު ދަތެއް ނާޅަން، މުއްދަތު ޖެހީ ފުލުހުން ދިން އަނިޔާ ފޮރުވަން: އެކްޓިވިސްޓް ނުހާ

ފުލުހެއްގެ އަތުގައި ދަތް އަޅާފައިނުވާނެ ކަމަށާއި ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހީ ފުލުހުން ކުރި އަނިޔާތައް ފޮރުވަންކަމުގައި ޕީޕީއެމްގެ ޒުވާން އަންހެން އެކްޓިވިސްޓް ނުހާ އިބްރާހިމް ބުނެފިއެވެ. ނު...

18 Jun 2023 | 02:06

ފުލުހެއްގެ އަތުގައި ދަތް އަޅާފައިނުވާނެ ކަމަށާއި ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހީ ފުލުހުން ކުރި އަނިޔާތައް ފޮރުވަންކަމުގައި ޕީޕީއެމްގެ ޒުވާން އަންހެން އެކްޓިވިސްޓް ނުހާ އިބްރާހިމް ބުނެފިއެވެ.

ނުހާ އިބްރާހިމް މިހެން ބުނެފައިވަނީ ލޯޔަރު އާސިފް ސޯޝަލް މީޑީއާއަށް ދޫކޮށްލި ނުހާގެ ވީޑިއޯއެއްގައެވެ.

އެ ވީޑިއޯގައި ނުހާ ބުނަނީ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ޖެހީ ދެ ފުލުހެއްގެ އަތުގައި ދަތް އެޅިކަމަށް ބުނެ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

"އަޅުގަނޑު ނޯންނާނެ އެއިން އެއްވެސް ފުލުހެއްގެ އަތުގައި ދަތް އަޅާފައެއް، ދަތް ނާޅާއިރުގާވެސް ހައްޔަރުކޮށްގެން (އޯޑިއޯ ސާފެއްނޫން) މި މީހުން ބޮޑެތި އަނިޔާތަކެއް ކޮށްފައި ހުރީ، މިކަން ނުފެންނަ ގޮތް ހަދަންވެގެން މި މީހުން އަސްލު ފަސް ދުވަހުގެ މުއްދަތު ޖެހީ" ނުހާ ބުނެފައިވެއެވެ.

އެ ވީޑިއޯ ހިއްސާ ކުރަމުން ލޯޔަރު އާސިފްވެސް ބުނެފައިވަނީ ނުހާގެ ގައިގެ އެތަން މިތާނގައި "ފެމުނު" ދަތް އަޅާފައި ހުރި ކަމަށެވެ.

އެ ވީޑިއޯގެ އޯޑިއޯ މާ ސާފު ނޫންކަމުން ވީޑިއޯގައި ދެއްކި ބައެއް ވާހަކަތައް އެހާ ސާފެއް ނޫނެވެ.

މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް 12 ވަނަ ދުވަހު ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު ބެލެވޭގޮތުގައި ނުހާ މިހާރު ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް