ޝާހިދާއަށް 17 އަހަރުގެ ޖަލު ހުކުމަކާއި އެކު މަރުގެ ދިޔައަށް އެއް މިލިއަން ރުފިޔާ ދައްކަން ހުކުމް ކޮށްފި

ށ. ނޫމަރާގައި އަނިޔާވެރި ގޮތަކަށް އުމުރުން ހަތަރު އަހަރުގެ ފާތިމަތު ޝައިހާ މަރާލިކަން ސާބިތުވެފައިވާ އެ ކުއްޖާގެ މަންމަ ށ. ފުނަދޫ، ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް ހުކުމް ކޮށްފި އެވެ. ރަހުމު ކުޑަގޮތަ...

18 Jun 2022 | 18:04

ށ. ނޫމަރާގައި އަނިޔާވެރި ގޮތަކަށް އުމުރުން ހަތަރު އަހަރުގެ ފާތިމަތު ޝައިހާ މަރާލިކަން ސާބިތުވެފައިވާ އެ ކުއްޖާގެ މަންމަ ށ. ފުނަދޫ، ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް ހުކުމް ކޮށްފި އެވެ.

ރަހުމު ކުޑަގޮތަށް އޭނާ ދަރިފުޅު މަރާލީ2016 ވަނަ އަހަރު އެވެ. މި މައްސަލައިގަ ޝާހިދާގެ މައްޗަށް ދައުލަތުން ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޝާހިދާ 17 އަހަރަށް ޖަލަށްލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަންށެވެ. އެ ޝަރީއަތް ކުރިޔަަށް ގެންދިޔައީ ސިއްރުންނެވެ.

އެ ކުއްޖާގެ ވާރިސުން ފުރަތަމަ ކޯޓުގައި ބުނީ މަރުގެ ދިޔަ އަދި މަރަށް މަރު ވެސް ބޭނުންނުވާ ކަމަށެވެ. ފަހުން ބުނީ މަރުގެ ދިޔަ ބޭނުންވާ ކަމަށެވެ.

އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ދަރިން މަރައިގެން މައިންބަފައިންގެ މައްޗަށް ގިސާސެއް ނުހިފެ އެވެ.

ޝައިހާއަށް ދިން ޒަހަމްތަކަށް ބަލާއިރު، ކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ޝާހިދާ ވަނީ ހަމަލާ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް