ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ދަރަނބޫދޫ ކައުންސިލާ ހަވާލުކޮށްފައިވާ އެރަށުގެ ކުރީގެ މިސްކިތެއް ހުރި އިމާރާތް: އިސްލާމިކް މިނިސްޓްރީ

ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ދަރަނބޫދޫގައި މިސްކިތެއްގެ ގޮތުގައި ކުރިން ބޭނުންކުރި އިމާރާތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނީ އަތޮޅު ތެރޭގެ ރަށެއްގެ މިސްކި...

18 Jun 2022 | 13:48

ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ދަރަނބޫދޫގައި މިސްކިތެއްގެ ގޮތުގައި ކުރިން ބޭނުންކުރި އިމާރާތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނީ އަތޮޅު ތެރޭގެ ރަށެއްގެ މިސްކިތެއްގައި ގިނަ އަދަދެއްގެ އިންޑިއާ މީހުން ދިރިއުޅޭކަން ހާމަވާ ވީޑިއޯއެއް ޢާންމުވުމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފ. ދަރަނބޫދޫގައި އަލަށް އިމާރާތްކުރި މިސްކިތް2017 ވަނަ އަހަރު ބޭނުންކުރަން ފެށުމާއެކު ކުރިން އެރަށުގައި ބޭނުންކުރި މިސްކިތް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ މިސްކިތުގައި ނަމާދު ނުކުރާތީ ޤުރްއާން ކްލާހެއް ހިންގަން އެރަށު ކައުންސިލުން އެދުމުން އެ ކައުންސިލަށް ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އޭގެފަހުން އެތަނުގައި (މިސްކިތުގައި) ޤުރްއާން ކްލާސް ހިނގިކަން އެ މިނިސްޓްރީއަށް އެނގިފައިވާ ކަމަށާއި2017 ވަނަ އަހަރު އެ މިސްކިތް ބަންދުކުރި ހިސާބުން ފެށިގެން އެ ޢިމާރާތް ވަނީ ކައުންސިލާ ހަވާލުކޮށްފައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

https://twitter.com/MVIaffairs/status/1538145248278216709

ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ޢާންމުކުރެއްވި ވީޑިއޯއެކެވެ. އެ މިސްކިތުގައި މީހުން ނިދަން ކުނާ އަޅައި، ހަދާފައިވާތަނާއި މިސްކިތުގެ ތެރޭގައި އެއްޗިހި ބަދަލު ކުރުމާއި، އޮށޯވެ ތިބިތަން އެ ވީޑިއޯ އިން ފެނެއެވެ.

މީގެ އިތުރުން މިސްކިތުގެ ނަމާދު ކުރާ ބައިގައި ބިދޭސީން ގޮދަޑި އަޅައިގެން ނިދާފައި ނުވަތަ އަރާމުކޮށްލަން ތިބިއިރު، މިސްކިތުގެ ފެންޑާ ތެރެ އާއި ގޯތި ތެރޭގައި ރޯނު ދަމައިގެން އަންނައުނު ހިއްކަން އަޅާފައި ވެސް ހުއްޓެވެ. އަދި ތުވާލި އަނދެގެން ބައެއް ބިދޭސީން އުޅޭ މަންޒަރު ވެސް ފެނެއެވެ.

އެ ވީޑިއޯގައި ވާހަކަ ދެއްކި ދިވެހި މީހާ ބުނެފައިވަނީ ގާތްގަޑަކަށް 200 ވަރަކަށް އިންޑިއާގެ ބިދޭސީން އެ ތަނުގައި ދިރިއުޅޭ ކަމަށެވެ. އަދި އެއީ އެ ރަށުގައި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތަށް ގެނެސްފައި ތިބި ބައެއް ކަމަށް ވެސް އެ މީހާ ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް