ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އިންޑިއާގެ ސަފީރާ މަޝްވަރާ ކޮށްފިއެވެ.
އިންޑިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާ އާއެކު ބޭއްވި މިބައްދަލުވުމާއި ގުޅެގޮތުން އެމްއާރްއެމް އިން ބުނީ މިބައްދަލުވުމުގައި އެމްއާރުއެމްގެ ކުރިމަގާ ގުޅޭގޮތުންނާއި ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިހާރުގެ ހާލަތައި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އިން ބުނީ އިންޑިއާ އާއި ދިވެހި ރާއްޖެއާއި ދެމެދު ޒަމާނުއްސުރެއް އޮންނަ އެކުވެރި ގުޅުމުގެ މައްޗަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
https://twitter.com/MRM_Office/status/1538082416287354880?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1538082416287354880%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fgaafu.mv%2F64968
މިބައްދަލުވުމުގައި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި އެޕާޓީގެ ނާއިބް ރައީސާ ނާދިރާ ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއާރުއެމްއިން އިންޑިއާ ސަފީރާއި ބައްދަލުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިންޑިއާ ސަފީރާއި ދާދިފަހުން ބައްދަލު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް