ރައީސް ނަޝީދު އަނެއްކާ ވެސް ސްރީލަންކާއަށް ވަޑައިގަންނަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ސްރީލަންކާއަށް ވަޑައިގަންނަވައިފިއެވެ. ރައްޔިތުންގެ މަޖިލީހުން ކުރި ޓްވީޓެއްގައި ބުނީ މި ދަތުރުފުޅަކީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކް...

18 Jun 2022 | 12:06

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ސްރީލަންކާއަށް ވަޑައިގަންނަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ކުރި ޓްވީޓެއްގައި ބުނީ މި ދަތުރުފުޅަކީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

https://twitter.com/mvpeoplesmajlis/status/1538043901369458688

ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކުގެ ސަބަބުން އެ ގައުމު މިހާރުވަނީ ނާޒުކު ހާލަތެއްގައެވެ. އެހެންކަމުން އެ ހާލަތުން އަރައިގަތުމަށް އެހީ ހޯދުމަށް މެދުވެރިއެއްގެ ރޯލު އަދާކުރައްވަނީ ރައީސް ނަޝީދެވެ. އެމަނިކުފާނުގެ އެދިވަޑައިގެންނެވުމަށް އެ މަސައްކަތް ލަންކާގެ ބޮޑުވަޒީރު ރަނިލް ވަނީ ރައީސް ނަޝީދާ ހަވާލުކުރައްވާފައެވެ.

އެހެންނަމަވެސް މީޑިއާ ރިޕޯޓުތައް މިހައިތަނަށް ބުނާގޮތުން މީގެކުރިން ރައީސް ނަޝީދު ކުރެއްވެވި މަސައްކަތްޕުޅުތަކުން ލަންކާއަށް ބޭރުގެ އެހީތެރިކަމެއް މިހައިތަނަށް ލިބިފައެއް ނުވެއެވެ.

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާއި އެމިރޭޓްސްގެ ރައީސް މުހައްމަދު ބިން ޒާއިދަށް ގުޅުއްވައިގެން ލަންކާއަށް އެހީ ހޯއްދެވުމަށް ރައީސް ނަޝިދު ވަނީ މަސައްކަތް ކުރައްވާފައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް