އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގައި ހެދުން ވިއްކަން ނިންމައިފި އެވެ.
އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވަނީ ހައިޕަ މާކެޓް ކޮންސެޕްޓާއި އެކު އަމިއްލަ ވިޔަފާރިވެރިންނަށް ވެސް އެ ފިހާރައިގެ ހަރުތަކުގައި ތަކެތި ވިއްކޭނެ އިންތިޒާމް ހަމަޖައްސާއިދީފައެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވީ، ޝޮޕިން މޯލްއެއްގެ ގޮތަށް ބަދަލުކުރާ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އެންމެ ތިރީބުރިއާ ހިލާފަށް ފުރަތަމަ ބުރި ހާއްސަ ކުރާނީ ހެދުމާއި ސްޕޯޓްސް ވެއާ އާއި ފައިވާން ފަދަ ބާވަތްތަކަށް ކަމަށެވެ.
އަދި އެފަދަ ތަކެތި ވިއްކާ ފަރާތްތަކަށް އެ ފްލޯގެ ވަކިވަކި ހަރުގަނޑުތަކުގައި ތަކެތި ވިއްކޭނެ ގޮތް ހަމަޖައްސާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
އެސްޓީއޯ ސުޕަމާޓްގެ ނަން ބަދަލުކޮށް، ޕީޕަލްސް ޗޮއިސްގެ ނަމުގައި އަލުން މިދިޔަ މާޗު މަހު ހުޅުވީ ކުރިއަށް ވުރެ ތިން ގުނަ ޖާގަ ބޮޑުކޮށް އަމިއްލަ ވިޔަފާރިވެރިންނަށް ވެސް އެ ފިހާރައިގައި މުދާ ވިއްކޭނެ އިންތިޒާމު ހަމަޖެއްްސުމަށް ފަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް