ޗައިނާގެ ޝެންހާއީ ސިޓީގައި ކެމިކަލް ޕްލާންޓެއް ގޮވައި އެކަކު މަރުވެއްޖެ އެވެ.
ސިނޯޕެކް ޝެންހާއީ ޕެޓްރޯކެމިކަލް ކޯޕަރޭޝަންގައި ހިނގި މި ހާދިސާގައި އެ ކުންފުނީގެ ދެ ސަރަދެއްގައި ގޮވުންތަކެއް ގޮވި އެވެ. އެ އަލިފާން ރޯވީ ޗައިނާ ގަޑިން ރޭ ފަތިހު 4:00 ގައި އެވެ.
މިހާދިސާގައި މިހާތަނަށް މަރުވި ކަމަށް ރިޕޯޓުކޮށްފައިވަނީ އެންމެ މީހެކެވެ. ހާދިސާ ހިނގުމާއި އެކު 500 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވެ އެވެ.
ޝެންހާއީ ފަޔާ ޑިޕާޓްމެންޓުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އިރު އެރިފަހުން ކަމަށެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނީ އެފަހަރާ ކަހަލަގޮތަކަށް ގޮވި އެ ދެ ގޮވުމުގެ އަޑާއި ގުޑުމުގެ އަސަރު ހަތަރު މޭލު ދުރަށް ކުރި އެވެ. އަދި ޕްލާންޓު ގޮވުމާއި އެކު ބޯދުން މުޅި ސަރަހައްދަށް ފެތުރުނު ކަމަށްވެ އެވެ.
މި ހާދިސާ ހިނގަން ޖެހުނު ސަބަބެއް އަދި ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް