ފ. ފީއަލީގައި ކިރިތި ރަސޫލާގެ ދިފާއުގައި ހިނގާލުމެއް ބާއްވައިފި އެވެ.
"މަގޭ ނަބިއްޔާ" ނަމުގައި މި ހިނގާލުން ބޭއްވީ އިއްޔެ ހަވީރު އެވެ. މި ހިނގާލުމުގައި އެ ރަށުގެ ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ހިމެނޭހެން ގިނަ އަދަދެއް ބައިވެރިވި އެވެ.
ހިނގާލުމުގައި ބައިވެެރިވި މީހުން ތިބީ ތަފާތު ޝުއޫރުތައް ފާޅުކޮށް ލިޔެފައިވާ ގަނޑުތަކާއި ބޯޑުތައް ހިފައިގެންނެވެ. މި ހިނގާލުން އިންތިޒާމް ކުރީ އެ ރަށުގެ ޒުވާާނުންތަކެއް އިސްނަގައިގެންނެވެ.
ނަބިއްޔާގެ ދިފާއުގައި އިއްޔެރޭ މާލޭގައި އިދިކޮޅު ޕީޕީއެމްއިން ވަނީ ކާނިވަލުގައި ޖަލްސާއެއް ބާއްވާފަ އެވެ.
މި ހަރަކާތްތައް ކުރިޔަށް ގެންދަނީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ދެ ލީޑަރަކު އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކި މައްސަލައިގަ އެވެ. މި މައްސަލައިގަ އަރަި ދުނިޔެއިން ދަނީ އިންޑިއާއިން މައާފަށް އެދެން އަންގަމުންނެވެ.
އިންޑިއާ ސަރުކާރުން ވަނީ އެއީ އެމީހުންގެ ސަރުކާރުގެ ވިސްނުން ނޫން ކަމަށް ބުނެ މައާފަށް އެދެން ދެކޮޅު ހަދަފަ އެވެ.
އިންޑިއާގައިވެސް ދަނީ ސަރުކާރާއި ދެކޮޅަށް މުސްލިމުން ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް