ބޮޑު އީދުގައި މަޝްހޫރު "ޔާރާ" ޕްރޮޑަކްޝަންއިން ޝޯ ދޭން ހަތަރު ރަށަކަށް ދާނެ ކަމަށް އެ ޓީމުން ބުނެފި އެވެ.
މިފަހަރު އީދުގައި އެ ޕްރޮޑަކްޝަންގެ ޓީމު ޝޯދިނުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ނ. ވެލިދޫ، އދ. ދިގުރަށް އަދި ފ. ފީއަލީގައި އެވެ
މީގެ ތެރެއިން އެންމެ ފުރަތަމަ ޝޯ ދިނުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހު ދިގުރަށުގައި އެވެ. ޖުލައި 11 ގައި ޝޯދޭން ހަމަޖެހިފައިވަނީ ފީއަލީގައި އެވެ.
12 ވަނަ ދުވަހު ވެލިދޫގައި ޝޯ ދޭން އެ ޓީމު ދާނެ އެވެ. އަދި 13 ވަނަ ދުވަހު ބޮޑު އީދު ނިންމާލާދީ އެރޭ ދިއްދޫގައި ޝޯ ދިނުމަށް ފަހު އެވެ.
ދިވެހިންގެ ތެރޭގައި މަގުބޫލު ޔާރާ ޓީމަކީ ކުޅަދާނަ ނެށުންތެރިން ހިމެނޭ ޓީމެކެވެ.
އެ ޓީމުގެ މެމްބަރުންގެ ތެރޭގައި މަރިޔަމް އައްޒަ، އައިޝަތު ރިޝްމީ، ނުޒުހަތު ޝުއައިބް، އިސްމާއިލް ޖުމައިހް (ޖުމާ) ހިމެނެ އެވެ. އެ ޓީމްގެ އިތުރު މެމްބަރުންގެ ތެރޭގައި އަހުމަދު އަޒްމީލް (އަޒޭ) އާއި ހުސައިން ޝަދިޔާން (ސޭންޑީ) ހިމެނެ އެވެ.
މި ޓީމުން މިދިޔަ ކުޑަ އީދުގައި ޝޯ ދީފައިވަނީ ކ. މާފުށީގައި އެވެ.
މިއަހަރުގެ ބޮޑު އީދުވެސް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ގިނަ ރަށްތަކެއްގައި ދަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް