ރާއްޖޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް ހުޅުވައިފި

ރާއްޖޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓު ހުޅުވައިފި އެވެ. މި ރެސްޓޯރެންޓު ހުޅުވާފައިވަނީ "އޮބްލޫ ސެލެކްޓް ލޯބިގިލި" ރިސޯޓާއި "އޮބްލޫ އެކްސްޕީރިއެންސް އާއިލާފުށި" ރިސޯޓާ ދޭތެރޭގައި އެވެ. "އޮންލީ ...

18 Jun 2022 | 06:42

ރާއްޖޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓު ހުޅުވައިފި އެވެ.

މި ރެސްޓޯރެންޓު ހުޅުވާފައިވަނީ "އޮބްލޫ ސެލެކްޓް ލޯބިގިލި" ރިސޯޓާއި "އޮބްލޫ އެކްސްޕީރިއެންސް އާއިލާފުށި" ރިސޯޓާ ދޭތެރޭގައި އެވެ. "އޮންލީ ބްލޫ" ގެ ނަމުގައި ހުޅުވި މި ރެސްޓޯރެންޓަކީ އެ ދެ ރިސޯޓު ހިންގާ ކުންފުނި ކަމަށްވާ އެޓްމޯސްޕިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ތަނެކެވެ.

އެ ރެސްޓޯރަންޓުގެ ޑައިނިން އޭރިއާގެ ބޮޑުމިނުގައި 190 އަކަ މީޓަރުގެ ޖާގަ އޮވެ އެވެ. އެއީ 46 ގޮނޑި ހިމެނޭ ރެސްޓޯރެންޓެކެވެ.

އެ ރެސްޓޯރެންޓަށް ދެވެނީ ދެ ރިސޯޓު ދެމެދުގައި އަޅާފައިވާ ފާލަމަކުންނެވެ. ރެސްޓޯރެންޓުގައި ކާން ތިބެނ ީ6.8 މީޓަރު އަޑީގައި އެވެ.

އޭގެ ތެރެއިން ލޯބިގިލި ރިސޯތުގައި ޗުއްޓީ ހޭދަ ކުރާ ޓޫރިސްޓުންނަށް، އެ ރިސޯޓުން ދޭ 'ލޯބި ޕްލޭން އޮފާ' އަދި މަދުވެގެން ހަތަރު ދުވަހުގެ ހުރުން ބުކް ކޮށްގެން އޮންލީ ބްލޫ އިން އެއް ކެއުން ހިލޭ ލިބެ އެވެ. އެކަމަކު އާއިލާފުށްޓަށް ޒިޔާރަތްކުރާ މީހުންނަށް އޮންލީ ބްލޫ ރެސްޓޯރެންޓުން ކެއުން ބުކް ކުރެވެނީ އިތުރު ފީއަކާއި އެކު އެވެ.

މި ރެސްޓޯރެންޓު ހުޅުވާފައި ހުންނަނީ މެންދުރު 12:00 އިން 3:00 އަށް އަދި އިރުއޮއްސި 6:30 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް