ބިދޭސީއެއްގެ އަތުން ފޭރުނު ދެ އަންހެނުން ޖޫރިމަނާކޮށް، ޖަލަށް ލައިފި

ބިދޭސީއެއްގެ އަތުން ފޭރުނު ދެ އަންހެނުން ޖަލަށްލައި 96 ގަޑިއިރު މުޖުތަމައުއަށް ފައިދާހުރި މަސައްކަތެއް ކުރުމަށާއި 24،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް...

18 Jun 2022 | 06:30

ބިދޭސީއެއްގެ އަތުން ފޭރުނު ދެ އަންހެނުން ޖަލަށްލައި 96 ގަޑިއިރު މުޖުތަމައުއަށް ފައިދާހުރި މަސައްކަތެއް ކުރުމަށާއި 24،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.

މިއީ 2018 ވަނަ އަހަރުގެ ނޮވެމްބަރު ހަތްވަނަ ދުވަހު ހިނގައި ދިޔަ ހާދިސާއަކާއި ގުޅިގެން ދައުލަތުން ދެ އަންހެނެއްގެ މައްޗައް އުފުލާފައިވާ ދައުވާއެކެވެ.

އެގޮތުން މި މައްސަލައިގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ފާތިމަތު ނަޝާޔާ އަދި ހަދީޖާ ޝައިމާ ކިޔާ ދެ މީހަަކަށެވެ.

މިދެމީހުންގެ މައްޗައް އުފުލާފައިވާ ދައުވާގައި ބުނީ މި ދެ މީހުންނާއި އިތުރު ބަޔަކު ބައިވެރިވެގެން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރޮބެލްމިއާ ކިޔާ މީހަކު ދައުވާ ލިބޭ ފާތިމަތު ނަޝާޔާ ދިރިއުޅޭ ގެއަށް ވެއްދުމަށްފަހު ފޭރިފައިވާ ކަމަށެވެ.

އަދި ބިދޭސީ މީހާގެ އަތުގައި ހުރި 3335 ޑޮލަރާއި އޭނާގެ އަތުގައި އޮތް ސެމްސަންގް 8 ޕްލަސް ފޯނު އަތުލާފައިވާ ކަމަށް އެ ދައުވާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މި ދެމީހުން ކުރި ކުށައް އިއުތިރާފްވެފައިވާތީއާއި، ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް ގާޒީ ސޮފްވަތު ހަބީބު ކުރެއްވި ހުކުމުގައި ބަޔާންކޮށްފައި ވަނީ މައްސަލަ އެ ދެމީހުންގެ މައްޗައް ސާބިތުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް