ކުނި ވަކިކޮށްގެން ނެރޭ ސަރަހައްދުތައް އެނގޭ ޗާޓުތަކެއް، މިނިސްޓަރު ވިދާޅުވީ އަދި ރަނގަޅުވާނެ ކަމަށް!

ހުޅުމާލޭ ފޭސް އެކަކާއި މާލޭގައި ކުނި ވަކިކޮށްގެން ނެރުމުގައި އަދި އުޅެނީ "ކޮންމެސް މިންވަރަކަށް" ރަނގަޅު ބައި ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ރޭ ކުރެއްވ...

18 Jun 2022 | 05:23

ހުޅުމާލޭ ފޭސް އެކަކާއި މާލޭގައި ކުނި ވަކިކޮށްގެން ނެރުމުގައި އަދި އުޅެނީ "ކޮންމެސް މިންވަރަކަށް" ރަނގަޅު ބައި ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ކުނި ބައި ކުރުމުގައި އާންމުން އަމަލު ކުރާ ގޮތް ދައްކުވައިދިނުމަށް ވެމްކޯއިން ތައްޔާރު ކޮށްފައިވާ ޗާޓެއް އާންމު ކުރައްވާފައި އެވެ. އެ ޗާޓުގައި ބަރާބަރަށް ކުނި ވަކި ކުރާ މީހުންނާއި ކޮންމެސް މިންވަރަކަށް ކުރާ މީހުންގެ އިތުރުން އެއްގޮތަކަށްވެސް ކުނި ވަކިކޮށްގެން ނުނެރޭ ސަރަހައްދުތައް ފާހަގަ ކޮށްފައިވެ އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި ބައިކޮށްގެން ކުނި ނެރޭ މިންވަރު އެ ހީޓް މެޕުން އެނގޭ ކަމަށެވެ. ގިނަ ގެބިސީތަކުން ވަރަށް ފުރިހަމައަށް އަދި ކޮންމެވެސް މިންވަރަކަށް ކުނި ބައިކުރާކަން އެނގޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗާޓުން ފެންނަނީ އެންމެ ދެ ހަފްތާގެ ނަތީޖާ ކަމަށާއި އަދި ރަނގަޅުކުރެވޭނެ ކަމަށެވެ.

https://twitter.com/anuahsa/status/1537756214607884288

ވެމްކޯއިން އާންމުކޮށްފައިވަނީ މާލެ އާއި ހުޅުމާލޭ ފޭސް އެކަކުން ކުނި ނެރޭގަޮތުގެ ތަފްސީލެވެ.

އޭގެން އެނގޭ ގޮތުގައި މިހާރު ގިނައީ ކޮންމެސް މިންވަރަކަށް ކުނި ވަކިކޮށްގެން ނެރޭ މީހުންނެވެ. އެއްގޮތަކަށްވެސް ކުނި ވަކިކޮ ނުކޮށް ނެރޭ މީހުން އަދިވެސް ވަރަށް ގިނަ އިރު ވެމްކޯއިން ބޭނުންވާގޮތަށް ކުނި ވަކިކޮށްގެން ނެރެނީ އަދި ވަރަށް މަދު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނެވެ.

އެކި ބާވަތްތަކުގެ ކުނި ވަކިކޮށްގެން ނެރެން ފެށީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. މިހާޜު ކުނި ނެރެން އަންގާފައި އޮންނަނީ، ޕްލާސްޓިކް ވަކިން، ބަދިގޭ ކުނި ވަކިން އަދި އެހެނިހެން ކުނި ވަކިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް