ބޮލީވުޑްގެ ބަތަލް ވަރުން ދަވަންގެ ބައްޕަ އަދި ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ހަކުރު ބަލީގެ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފި އެވެ.
އާއިލާ އާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ހަކުރު ބައްޔަށް ޑޭވިޑް ފަރުވާ ހޯދަމުންދާތާ ދެތިން އަހަރު ވެއްޖެ އެވެ. އެކަމަކު އޭނާގެ ހާލު ކުއްލިއަކަށް ބޮޑުވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
މިދިޔަ ހަފްތާގައި އެއްކޮށް ޑޭވިޑް އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އެވެ. އިއްޔެ ހޮސްޕިޓަލުން ދޫކޮށްލީ ގޭގައި ބާއްވައިގެން ފަރުވާ ދޭ ހާލަތަށް ރަނގަޅުވުމުންނެވެ.
ބައްޕަގެ ބައްޔާއި ގުޅިގެން ވަރުން ވަނީ ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގާފަ އެވެ. އެގޮތުން ފިލްމު "ޖަގް ޖަގް ޖީޔޯ" ގެ ޕްރޮމޯޝަންގެ މަސައްކަތް އޭނާ މެދުކަނޑާލި ނަމަވެސް ބައްޕަ އެއަށް ދޫކޮށްލުމުން އަލުން ވަނީ މަސައްކަތަށް ނުކުމެފަ އެވެ.
43 އަހަރު ބޮލީވުޑް ފިލްމުތައް ޑައިރެކްޓު ކޮށްފައިވާ ޑޭވިޑް އެންމެ މަޝްހޫރީ ހެއްވާ މަޖާ ފިލްމުތައް ހެދުމަށެވެ.
އޭނާ އެންމެ ފަހުން ޑައިރެކްޓު ކުރީ "ކޫލީ ނަމްބަރު 1" އެވެ. އޭގެ ލީޑްރޯލުން ފެނިގެން ދިޔައީ ވަރުން އާއި ސާރާ އަލީ ހާން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް