ބްރިޓްނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑިލީޓުކޮށްލައިފި

ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އެމެރިކާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ 40އ ބްރިޓްނީ ސްޕިއާސް އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑިލީޓް ކޮށްލައިފިއެވެ. ބްރިޓްނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ...

18 Jun 2022 | 04:39

ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އެމެރިކާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ 40އ ބްރިޓްނީ ސްޕިއާސް އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑިލީޓް ކޮށްލައިފިއެވެ.

ބްރިޓްނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑިލީޓު ކޮށްލާފައި ވަނީީ ފޭނުންނަށް އެއްވެސް އެއްޗެއް އެންގުމަކާނުލައި މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެގޮތުން ބްރިޓްނީ އިންސްޓަގްރާމްއިން ބްރޭކެއް ނެގީތޯ ނުވަތަ އިންސްޓަގްރާމަށް އަލްވަދާއު ކީކަން އަދި ވަނީ ސާފު ނުވެފައެވެ.

އިންސްޓަގްރާމް އެކައުންޓް ޑިލީޓްކޮށްލުމުގެ ކުރިން، މިދިޔަ ބުދަ ދުވަހު ބްރިޓްނީ ވަނީ ދާދިފަހުން އޭނާ  ސޭމް އަސްގަރީ 28އ އާއި ކުރި ކައިވެނީގެ ފޮޓޯތައް ހިއްސާކޮށްފައިވެއެވެ.

ބްރިޓްނީ ހިމެނެނީ އެމެރިކާގައި އުފެދުނު އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައެވެ.

މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވާ، ބްރިޓްނީއަށް ދެ ފިރިހެން ދަރިން ލިބިފައިވެއެވެ. އެއީ ދެވަނަ ކައިވެނިން ކެވިން ފެޑަލިން އަށް ލިބުނު ޝޯން ޕްޒެރްޓަން ފެޑަލީން، 16 އާއި ޖޭމްސް ޖޭޑެން ފެޑަލީން، 15، އެވެ.

ބްރިޓްނީ ވަނީ ދާދިފަހުން އިރާނަށް ނިސްބަތްވާ ޕާސަނަލް ޓްރެއިނަރެއް ކަމަށްވާ ސާމް އަސްގަރީއާއި ކައިވެނިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް