ރާއްޖެއިން ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިރޭ 7:08 ގައި އެވެ.
މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ލ. ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި ގަމުގައި އެވެ. މިއީ އެ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ފަސް ވަނަ މީހާ އެވެ.
މިއީ މިއަދު ކޯވިޑްގައި މަރުވި ދެވަނަ މީހާ އެވެ. ކުރިން މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއަދު މަރުވި ދެމީހުންނާއި އެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 203 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 71،498 މީހުންނަށެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ދެމުން ދަނީ 6،106 މީހުންނަށެވެ.
ކޯވިޑުން ރަނގަޅުވި މީހުންގެ އަދަދު މިއަދު ވަނީ 65،178 އަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް