މާލެ އާއި އަތޮޅު ތެރޭގެ ކޯވިޑްގެ އަދަދުތައް 100އިން ދަށްވެއްޖެ

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 142 މީހުންނެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިއަދު މާލެއިން ކޯވިޑް ޖެހިފައިވަނީ 51 މީހުންނަށެވެ. އަތޮޅު ތެރެއިން ޖެހިފަ...

18 Jun 2021 | 17:05

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 142 މީހުންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިއަދު މާލެއިން ކޯވިޑް ޖެހިފައިވަނީ 51 މީހުންނަށެވެ. އަތޮޅު ތެރެއިން ޖެހިފައިވަނީ 88 މީހުންނަށެވެ. އިތުރަށް ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން ދެމީހުންނާއި ސަފާރީތަކުން މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3،520 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 6،106 މީހުންނަށެވެ. އޭގެ ތެރެއިން 53 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 65،178 މީހުންނެވެ.

މިއަދު މިހާތަނަށް ކޯވިޑްގައި މަރުވެފައިވަނީ ދެ މީހުންނެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކާއި ލ. ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 203 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 71،498 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް