ޕޮލެންޑާއި ރާއްޖެ އާއި ދެމެދު ސީދާ ވައިގެ ދަތުރުތައް އަލުން ފަށައިފި އެވެ.
މި ދަތުރުތައް ފަށާފައިވަނީ ކުރިން ރާއްޖެއަށް ދަތުރުކޮށްފައިވާ ބްލޫ ޕެރޮނާމާ އެއާލައިނުންނެވެ. އެކަމަކު މިފަހަރު އެ އެއާލައިނުން ދަތުރު ފެށި އާ ބްރޭންޑް ލޫކް އެއާގެ ނަމުގައި އެވެ.
މި އެއާލައިނަކީ ރާއްޖެއަށް ޗާޓާޑް ދަތުރު ކުރާ އެއާލައިނަކެވެ.
އިއްޔެ ފެށި މި ދަތުރުތައް ކުރުމަށް ހަަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހާއި ހިސާބަށެވެ. އިއްޔެގެ ފްލައިޓުން ރާއްޖެއަށް 294 މީހުން އައިސްފައިވެ އެވެ.
ލޫކް އެއާގެ އިތުރުން މީގެ ކުރިން ކުރިން ރާއްޖެއަށް ދަތުރު ކުރި އަދި ކޯވިޑާއި ގުޅިގެން ދަތުރު ހުއްޓާލި ގިނަ އެއަލައިންތަކުން އަލުން ވަނީ ދަތުރުތައް ފަށާފައި އެވެ. އަދި އެއާލައިންތަކުން ދަނީ ޑިމާންޑު ބޮޑުކަމުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަމުންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަސިންޖަރުން ގެންނަ އެއާލައިނަކީ ގަތަރު އެއާވޭސް އާއި އެމިރޭޓްސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް