ހައްޖުގެ 60،000 ޖާގައަށް 24 ގަޑިއިރު ތެރޭ ހަތަރު ލައްކަ މީހުން ފޯމު ހުށަހަޅައިފި

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން 24 ގަޑިއިރު ތެރޭގައި ހަތަރު ލައްކައަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް...

18 Jun 2021 | 13:41

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން 24 ގަޑިއިރު ތެރޭގައި ހަތަރު ލައްކައަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް ފައްތާހް މަޝަތް ވިދާޅުވީ ސައުދީ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުންނަށް ހައްޖަށްދާން ރެޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 450،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. ފޯމު ހުށަހަޅަން ޖެހެނީ އޮންލައިންކޮށެވެ.

އޭނާ ވިދާޅުވީ ފޯމު ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. އަދި އެއްވެސް ގައުމެއްގެ މީހަކަށް ތަފާތު ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

މަޝަތް ވިދާޅުވެފައިވަނީ ހައްޖަށް މީހުން ދިއުމަށް ޖާގަ ދިނުމުގައި އިސްކަން ދޭނީ މިދިޔަ ފަސް އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށެވެ. އަދި ހައްޖުވުމަށް ފުރުސަތުދޭ 60،000 މީހުންގެ ތެރެއިން 60 ޕަސެންޓަކީ ފިރިހެނުން ކަމަށާއި އަންހެނުންގެ އަދަދަކ ީ40 ޕަސެންޓު ކަމަށް ވިދާޅުވި އެވެ.

ފޯމް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވުމަކީ މަޖުބޫރު ކަމެކެވެ. އަދި ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރާ ބައްޔެއް ނުހުންނަން މީހަކަށް ވާން ޖެހެ އެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދެނީ އުމުރުން 18-65 އަހަރާއި ދެމެދުގެ މީހުންނަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ހައްޖުވެވޭ މީހުންގެ އަދަދު މަދު ކުރަން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. މިދިޔަ އަހަރު ހައްޖުވުމުގެ ފުރުސަތު ދީފައިވަނީ ސައުދީ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުންގެ ތެރެއިން 1،000 މީހުންނަށެވެ.

ކޯވިޑްގެ ހާލަތުގެ ކުރިން އަހަރަކު 25 މިލިއަން މީހުން ހައްޖުވުމުގެ ފުރުސަތު ސައުދީން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް