ކޯވިޑް-19: އައްޑޫ ސިޓީން ހަތް މީހަކު، ފުވައްމުލައް ސިޓީން 11 މީހަކު ފައްސިވެއްޖެ

އައްޑޫ ސިޓީން އިތުރު ހަތް މީހަކު އަދި ފުވައްމުލައް ސިޓީން 11 މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެ އެވެ. އައްޑޫ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ) އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބު...

18 Jun 2021 | 08:52

އައްޑޫ ސިޓީން އިތުރު ހަތް މީހަކު އަދި ފުވައްމުލައް ސިޓީން 11 މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އައްޑޫ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ) އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 396 މީހަކު އެ ސިޓީން ފައްސިވެފައިވެއެވެ. އަދި 302 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.

ފާއިތުވި 24 ގަޑިއިރު 187 ސުންކެއް ނަގާފައިވާއިރު، އޭގެ ތެރެއިން 7 މީހަކު ފައްސިވެފައި ވެއެވެ.

މިހާރު އައްޑޫ ސިޓީގައި 92 އެކްޓިވް ކޭސް ވާއިރު އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ އެންމެ މީހަކަށެވެ. އައްޑޫ ސިޓީއިން މިބަލީގައި ދެ މީހަކު ނިޔާވެފައިވެއެވެ.

މީގެ އިތުރުން، ފުވައްމުލަކު ސިޓީ އަތޮޅު ހޮސްޕިޓަލްގެ ތަފާސްހިސާބުތައް އިތުރު 11 މީހަކު އެ ސިޓީން ފައްސިވެފައި ވެއެވެ. ނަތީޖާ ނުލިބި 72 ސުންކެއް ވާއިރު، އަލަށް ފެނު ވޭދަނަތަކާއި ގުޅޭ 16 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ފުވައްމުލަކުގައި 122 އެކްޓިވް ކޭސް ވާއިރު، އެއީ 97 ދިވެހިންނާއި 25 ބިދޭސީންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހު 19 މީހުންނާއެކު އެ ސިޓީން ބަލި ރަނގަޅުވި މީހުންގެ އަދަދު 590ށް ވަނީ އަރާފައެވެ.

ހާލަތުން އަރައިގަތުމަށް ދެކުނުގެ ދެ ސިޓީގައި ވެސް ވަނީ ފިޔަވަލުތަކެއް އަލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް