ދިވެހިރާއްޖޭން އިތުރު 862 މީހުން ކޯވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފި އެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު ފުރަތަމަ ޑޯޒު ޖެހީ 217 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ، މާލެއިން ވެކްސިން ޖެހި 56 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 161 މީހުންނެވެ.
މީގެ އިތުރަށް ބުދަ ދުވަހު ދެވަނަ ޑޯޒު ޖެހީ 862 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 282 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 580 މީހުންނެވެ.
މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދު 314،755ށް އަރާފައިވާއިރު، ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 181،118 މީހުންނެވެ.
ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ފައިޒަރ ވެކްސިން، އަދި ސިނޮފަރމް ވެކްސިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް