ކޯވިޑް-19: ކޯވިޑްގައި 202 ވަނަ މީހަކު މަރުވެއްޖެ

ދިވެހިރާއްޖެއިން ކޯވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ނިޔާވީ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެމީހާ ނިޔާވީ ހުޅުމާލެ މެޑިކަލ...

18 Jun 2021 | 06:44

ދިވެހިރާއްޖެއިން ކޯވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ނިޔާވީ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެމީހާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު 2:05ގައި ކަމަށެވެ.

https://twitter.com/HPA_MV/status/1405771561622069254?

މިއީ ދިވެހިރާއްޖޭން ކޯވިޑް-19ގައި މަރުވި 202 ވަނަ މީހާއެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުން އަންނައިރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑްގައި އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވީ މި ދިޔަ މެއި މަހުއެވެ. އެއީ 88 މީހުންނެވެ.

މި މީހާގެ މަރާއެކު ގިނަ ބަޔަކު އަންނަނީ މައްޔިތާގެ ފާފަފުއްސެވުމަށް އެދި ދުޢާކޮށް އާއިލާގެ ހިތާމައިގައި ބައިވެރިވަމުންނެވެ.

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް