ފުލިދޫދޫ ފަޅުގައި އޮތް ލޯންޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ

ވ.ފުލިދޫ ފަޅުގައޮ އޮތް ލޯންޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ޕެޓްރޯލް ލީކުވެގެން ކަމަށްވެ އެވެ. ހާދިސާ ހިނގީ ހެނދުނު 8:45 ހާއިރު އެވެ. ފުލިދޫ ކައުންސިލުން މީޑިއާގައި ބުނީ...

18 Jun 2021 | 06:41

ވ.ފުލިދޫ ފަޅުގައޮ އޮތް ލޯންޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ޕެޓްރޯލް ލީކުވެގެން ކަމަށްވެ އެވެ. ހާދިސާ ހިނގީ ހެނދުނު 8:45 ހާއިރު އެވެ.

ފުލިދޫ ކައުންސިލުން މީޑިއާގައި ބުނީ ލޯންޗު ގޮވި އިރު ފަޅުވެރިން ތައްޔާރުވަމުން ދަޔައީ ޓޫރިސްޓުންތަކެއް ގޮވައިގެން ދަތުރަކު ދިއުމަށެވެ. އެ ލޯންޗަކީ އެ ރަށުގައި ހިންގާ ގެސްޓް ހައުސްއެއްގެ ލޯންޗެކެވެ.

ކައުންސިލުން ބުނީ ހާދިސާ ހިނގި އިރު ލޯންޗުގައި ތިބީ ފަޅުވެރިއަކާއި ފަސް ޓޫރިސްޓުންނެވެ. އޭގެ ތެރެއިން އަނިޔާވެފައިވަނީ ފަޅުވެރިއާ އަށެވެ.

އެ މީހަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ މަލެ ގެނެސްފައި އެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ލޯންޗު ގޮވިތާ ކުޑައިރުކޮލެއްގެ ތެރޭގައި ލޯންޗު ވަނީ އަޑިއަށް ގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް