ފެނަކައިގެ އެހީގައި ރ. ވާދޫ ސްކޫލްގައި ނަމާދު ކޮޓަރިއެއް އެޅުމުގެ މަސައްކަތް ފަށައިފި

ފެނަކަ ކޯޕަރޭޝަންގެ އެހީގައި ރ. ވާދޫ ސްކޫލުގައި ނަމާދުކުރާ ކޮޓަރިއެއް އިމާރާތްކުރުމަށް މިއަދު ބިންގާ އަޅައިފިއެވެ. ވާދޫ ސްކޫލްގައި އިއްޔެ ކުރިއަށް ދިޔަ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާދޫ ފެނަކަ ގޮފ...

18 Jun 2021 | 05:58

ފެނަކަ ކޯޕަރޭޝަންގެ އެހީގައި ރ. ވާދޫ ސްކޫލުގައި ނަމާދުކުރާ ކޮޓަރިއެއް އިމާރާތްކުރުމަށް މިއަދު ބިންގާ އަޅައިފިއެވެ.

ވާދޫ ސްކޫލްގައި އިއްޔެ ކުރިއަށް ދިޔަ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާދޫ ފެނަކަ ގޮފީގެ އިސްވެރިންނާއި، އެރަށު ކައުންސިލްގެ ވެރިންގެ އިތުރު ސްކޫލްގެ އިސްވެރިން އަދި ރަށުގެ ސިއްހީ މަރުކަޒުގެ ވެރިން ބައިވެރިވެވަޑައިތެވެ.

ވާދޫ ސްކޫލްގެ އެސްއެމްޓީގައީ ހިމެނިވަޑައިގަންނަވާ ލީޑިންގ ޓީޗަރ މުހައްމަދު ރިޔާޟް ވިދާޅުވީ، އެތައް ދުވަހެއްގެ ދިގު އިންތިޒާރަށް ފެނަކައިން ނިމުން ގެނެސްދީފި ކަމަށެވެ. އަދި އެތަން އިމާރާތްކުރެވެނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 100 އިންސައްތަ ހިއްސާއާ އެކު ކަން ފާހަގަކުރައްވައި ރިޔާޟް ވަނީ ފެނަކަ އެމްޑީ އަހުމަދު ސައީދު މުހައްމަދާއި، އަލިފުށީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރ މުހައްމަދު ރަޝީދު ހުސައިން އަދި ފެނަކަ ވާދޫ ގޮފީގެ ޑެޕިޔުޓީ މެނޭޖަރ މުހައްމަދު ނިޔާޒަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ބިންގާ އެޅުއްވީ، ވާދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަސީމާއި ފެނަކަ ގޮފީގެ ވެރިޔާ މުހައްމަދު ނިޔާޒް އެވެ. އިއްޔެ ބިންގާއެޅުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައިރު، އެ ތަން އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ނަމާދު ކޮޓަރީގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާދޫ ފެނަކަ ގޮފީގެ ފަރާތުން ވަނީ ވާދޫ ސްކޫލްގެ އިނާމް ދިނުމުގެ ރަސްމިއްޔާތަށް އިނަމާ ވެސް ހުށައަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް