އިސްރާއިލްގެ ހަރުކަށި ސިިފައިން ދެމުންދާ ނިރުބަވެރި ހަމަލާތަކުގައި އެމްބިއުލާންސްތަކަށް ތަކުރާރުކޮށް ވަޒަން އެރިޔަސް ހެޔޮ ކަމަށް ދެކިގެން އަނިޔާ ލިބިފައިވާ މީހުންގެ ފުރާނަ ސަލާމާތްކުރުމަށް ފަލަސްތީނުގެ ސިއްހީ ޚިދުމަތްރިން ދަނީ ރެޔާއި ދުވާލު މަސައްކަތް ކުރަމުންނެވެ.
އިސްރާއިލާ ފަލަސްތީނާއި ދެމެދު ހަމަލާތައް ފެށިފައި މިވަނީ، އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓުގެ ވެރިކަމުގެ ދެވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާތަކެއް ދިން ހިސާބުންނެވެ.
ޣައްޒާގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލުން ވަނީ ޣައްޒާގެ ދިހަ ސަރަހައްދަކަށް މިސައިލުންނާއި ބޮމުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މީގެ ތެރެއިން އެންމެ ގިނަ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ހާންޔޫނިސް އަވަށަށެވެ.
އިސްރާއީލުން ހަމަލާތައް ދިނީ ބޮން އަޅާ ޖެޓްތަކުންނާއި ޑްރޯންތަކުން ކަމަށް ޣައްޒާގެ މީޑިއާތަކުން ބުނެއެވެ. ޣައްޒާއަށް ހަމަލާދޭން އިސްރާއީލުން ބޭނުންކުރި ޑްރޯންތަކުގެ ތެރެއިން އެއް ޑްރޯން ވަނީ ޣައްޒާގެ ތެރެއަށް ވެއްޓިފައެވެ.
މީގެ އިތުރުން، އިސްރާއިލުން ވަނީ ބަޑީގެ ހަމަލާތަކެއް ވެސް ދީފައެވެ. މި ހަމާލަތަކުގައި ސިއްޚީ ޚިދުމަތް ދިނުމަށް ހަރަކާތްތެރިވާ އެމްބިއުލާންސްތަކަށް ވެސް ވަޒަން އަރާފައި ވެއެވެ. އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން އެއްވެސް މީހަކު ޝަހީދުވި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ޢައްޒާގެ
ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ޙަމަލާ ދީފައިވަނީ ކުރީގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރުން ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއެކު ވަޤުތީ ގޮތުން ޞުލްޙަ ޤާއިމުކޮށް، ޙަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވަނިކޮށެވެ.
ޔަހޫދީ ފައުޖުތަކާއި ޙަމާސާ ދެމެދު ޙަމަލާބަދަލުކުރުން ހުއްޓާލިފަހުން މަހެއްހާ ދުވަސް ފާއިތުވުމަށްފަހު އިސްރާއީލުންވަނީ ޣައްޒާއަށް އަމާޒުކޮށް އަނެއްކާވެސް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް ދީފައިވަނީ 1967ވަނަ އަހަރުގެ ތެރޭގައި ޢަރަބިންނާ ދެކޮޅަށް އިސްރާއީލުން ކުރި ހަނގުރާމާގައި އިރުމަތީ ޤުދުސް އިސްތިޢުމާރު ކުރިކުރުން ފާހަގަކުރުމުގެ ގޮތުން ޙައްދުފަހަނައަޅާފައިވާ ޔަހޫދީން އެ ސަރަޙައްދުގައި ހިނގާލުމެއް ބާއްވައި ފަލަސްޠީނުގެ ރައްޔިތުން މަރާއި އެ މީހުންގެ އަވަށްތައް އަންދަން ގޮވާލާފައިވަނިކޮށެވެ
ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނުތަކުންވަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޔަހޫދީން ވަޒަންވެރިވުން މަނާކޮށްފައެވެ. އަދި އެއީ އިސްރާއީލުގެ ސަރަޙައްދުތަކެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައެއްވެސް ނުގަނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް