މޯނީ ރޯއީ މާގިނައިން ދުބާއީއަށް ދާތި ޖޯކު ޖަހަނީ!

ބޮލީވުޑްގެ ބަތަލާ މޯނީ ރޯއީ މާ ގިނައިން ޔޫއޭއީގެ ދުބާއީއަށް ދާތި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަންނާނުން ޖޯކު ޖަހަން ފަށައިފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި މިހާރުވެސް މޯނީ ހުރީ ހުރީ ދުބާއީގައި އެވ...

18 Jun 2021 | 04:42

ބޮލީވުޑްގެ ބަތަލާ މޯނީ ރޯއީ މާ ގިނައިން ޔޫއޭއީގެ ދުބާއީއަށް ދާތި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަންނާނުން ޖޯކު ޖަހަން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިހާރުވެސް މޯނީ ހުރީ ހުރީ ދުބާއީގައި އެވެ.

އޭނާ މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ގިނައިން އުޅުނީ ދުބާއީގައި ކަމަށްވެ އެވެ. އަދި ފިލްމެއްގެ މަސައްކަތަކުން އަވަދިވެ ދެ ދުވަހެއް ވަރު ލިބުނަށް މީގެ ކުރިން ދުބާއީއަށް ދާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

އޭގެ ސަބަބަކަށް ވަނީ އޭނާގެ ލޯބިވެރިޔާ ސޫރަޖް ނަމްބިއާ ދުބާއީގައި ދިރިއުޅުމެވެ. އެ ދެމީހުން އުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން ކަމަށްވެ އެވެ.

ސޫރަޖަކީ ދުބާއީގައި ދިރިއުޅޭ އިންޑިއާ ރައްޔިތެކެވެ. ދުބާއީގައި އޭނާ އަކީ އިންވެސްޓްމެންޓް ބޭންކަރެކެވެ.

މޯނީ ގިނައިން ދުބާއީގައި މިފަހަކަށް އައިސް ދިރިއުޅޭތި ޖޯކު ޖަހާ މީހުން ބުނަނީ އިންޑިއާ ލޮކްޑައުންގައި އޮތީމައި ދިރިއުޅުން ރަނގަޅަނީވެސް ދުބާއީ ކަހަލަ ތަނެއްގައި ކަމަށެވެ. އެއީ ދުބާއީގައި ލޮކްޑައުން ނެތުމުން ހިތް ހަމަޖެހިލައިގެން ދެމީހުންނަށް އާންމުތަންތަނުގައި މަޖާކޮށްލަން އުޅެވޭނެތީ ކަމަށް ބުނެ އެވެ.

އަދި ބައެއް ފަންނާނުން ވަނީ މިހާރު މޯނީ ހޯދަން ނުވަތަ ބައްދަލު ކުރަން ބޭނުން ނަމަ ޖެހޭނީ ދުބާއީއަށް ދާން ވިސާ ޖަހަން ކަމަށް ބުނެފަައި އެވެ.

މޯނީ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "ނާގިން" އާއި "މޭޑިން ޗައިނާ" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް