އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި އެވެ އެސްޓީއޯއިން ބޭއްވި ނޫސްވރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާ...

18 Jun 2017 | 08:37

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި އެވެ

އެސްޓީއޯއިން ބޭއްވި ނޫސްވރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެ ކުންފުނިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އިތުރުން ފެނަކަ އާއި ސްޓެލްކޯއަށް އެ ކުންފުނިން ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ހެޔޮވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިގޮތަށް ނިންމީ އާންމުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި މި ބަދަލުގެނައީ މަޖިލީހުން މިދިޔަ ހަފްތާގައި އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ގެނައި ބަދަލާއި ގުޅިގެން ކަމަށް ޝަހީރު ވިދާޅުވި އެވެ. މަޖިލީހުން ނިންމާފައިވަނީ ޕެޓްރޯލާއި ޑީސަލްގެ ޑިއުޓީގެ ގޮތުގައި ނަގަމުން އައި 10 ޕަސެންޓު، ފަސް ޕަސެންޓަށް ކުޑަކުރަންށެވެ.

ޕެޓްރޯލްގެ އަގަށް ގެނައި ބަދަލު

ޕެޓްރޯލް ލިޓަރެއްގެ އަގު ވަނީ 8.95ރ. އިން 8.65ރ. އަށް ހެޔޮކޮށްފައި.

ޑީސަލް ލިޓަރެއްގެ އަގު ވަނީ 8.95ރ. އިން 8.44ރ. އަށް ކުޑަކޮށްފައި.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގު ހެޔޮކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު އެވެ. އޭރު ވަނީ ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި ހެޔޮކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް