ގައިން ނުބައިވަސް ކަނޑުވަން މީރުވަސްދުވާ އެއްޗެހި ޖަހަންވީ ކިހިލިފަތްދޮށަށް އެކަންޏެއް ނޫން!

އާންމުކޮށް ގައިން ނުބައިވަސް ނުދުވާ މީހުންގެ ގައިންނާއި ކިހިލިފަތްދޮށުން ހޫނު މޫސުމުގައި ނުބައިވަސް ދުވަ އެވެ. އެއީ ހޫނު ގަދަވެ ހަށިގަނޑުގެ ފިނިހޫނުމިން މާބޮޑަށް މަތިވެ ދާހިއްލާތީ އެވެ. އެކަމަކު ކުޑަކ...

18 Jun 2017 | 03:45

އާންމުކޮށް ގައިން ނުބައިވަސް ނުދުވާ މީހުންގެ ގައިންނާއި ކިހިލިފަތްދޮށުން ހޫނު މޫސުމުގައި ނުބައިވަސް ދުވަ އެވެ. އެއީ ހޫނު ގަދަވެ ހަށިގަނޑުގެ ފިނިހޫނުމިން މާބޮޑަށް މަތިވެ ދާހިއްލާތީ އެވެ.

އެކަމަކު ކުޑަކުޑަ  މަސައްކަތްތަކަކުން ގައިންނާއި ކިހިލިފަތްދޮށުން ނުބައިވަސް ނުދުވާނެ ގޮތް ހެދިދާނެ އެވެ.

އާންމުކޮށް ތި ޖަހާ މީރުވަސް ދުވާ ބޮޑީ ސްޕްރޭއެއް ކިހިލިފަތްދޮށަށް ޖަހާށެވެ. އޭގެ ފަހުގައި ލުނބޯ ކޮޅެއް ކިހިލިފަތްދޮށުގައި ހާކާލުމަށްފަހު އިރުކޮޅެއްގައި ބަހައްޓާލާށެވެ. މިއީވެސް ނުބައިވަސް ދުވުމުން ސަލާމަތްވެވޭނެ ގޮތެކެވެ.

އިތުރު ގޮތަކަށް ބަލާއިރު ގައިން ބެކްޓީރިއާ އާއި ނުބައި ވަސް ކެނޑުވުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި ހުންނަ ސައިބޯނި ކަހަލަ އެއްޗެއް ފެނަށް ލައި ގިރުވާލުމަށް ފަހު އޭގެން ފެންވަރާށެވެ. އޭރުން ގައިގަ ހުންނަ ނުބައިވަސް ކަނޑުވާލާ ގިނަ އިރުވަންދެން ހަށިގަނޑު ތާޒާކަންމަތީ ހުންނާނެ އެވެ.

ހަގީގަތުގައި ގައިން މީރުވަސް ދުއްވަން ބޮޑީ ސްޕްރޭ ޖަހަންވީ ކިހިލިފަތްދޮށަކަށް ނޫނެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ބޮޑީ ސްޕްރޭ ޖަހަންވީ ބަނޑަށެވެ. ހަށިގަނޑުން ދާހިއްލާ ނުބައި ވަސް ފެށޭ ހިސާބަކީ ބަނޑެވެ. މާބޮޑަށް ދާހިއްލާ ވަސްދުވާހެން ހީވާނަމަ ފައިގަ ތެޔޮލުން ވަރަށް މުހިންމެވެ. އޭރުން މީރުވަސް ދުވުމުގެ އިތުރުން ހަށިގަނޑުގައި އުފެދިފައި ހުންނަ ބެކްޓީރިއާތަށް ނެތިކޮށްލުމަށް އެހީވެދެ އެވެ.

ގައިން ވަސް ފިލުވުމަށް އެންމެ ރަނގަޅީ ލުނބޯ އެވެ. ލުނބޯ ފަޅާލުމަށް ފަހު މުޅި ގައިގަ އުނގުޅިޔަސް ލުނބޯ ހުތް ފެން އެއްޗަކަށް ފެލުމަށް ފަހު އޭގެން ފެންވެރިޔަސް ގައިން ނުބައި ވަސް ފިލާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް