މަރާމާތަށް ފަހު ދަތުރުވެރިންގެ މާރުކޭޓު ރޯދައަށް ހުޅުވައިފި

ރަމަޟާން މަހަށް ހާއްސަކޮށް މަރާމާތުކުރި ދަތުރުވެރިންގެ މާރުކޭޓް ރޭ ހުޅުވައިފި އެވެ. މި މާރުކޭޓް ކައިރީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މާރުކޭޓް ހުޅުވައިދެއްވީ ބަންޑާރަނައިބް މުހައްމަދު އަނިލް އެެވެ. ހަ...

18 Jun 2015 | 07:22

ރަމަޟާން މަހަށް ހާއްސަކޮށް މަރާމާތުކުރި ދަތުރުވެރިންގެ މާރުކޭޓް ރޭ ހުޅުވައިފި އެވެ.

މި މާރުކޭޓް ކައިރީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މާރުކޭޓް ހުޅުވައިދެއްވީ ބަންޑާރަނައިބް މުހައްމަދު އަނިލް އެެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ދަތުރުވެރިންގެ މާރުކޭޓު މަރާމާތު ކުރުމަށް ދެ މިލިއަނެއްހާ ރުފިޔާ ހޭދަވިކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ މާރުކޭޓުން ގޮޅި ލިބި ސަރުކާރާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް ރެ އިން ފެށިގެން އެތަނުގައި ވިޔަފާރިކުރެވޭނެ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެއްބަސްވުން ނުހެދިވާ ފަރާތްތަކާއި އެކު ވެސް ސޮއިކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓް ބަލަހައްޓަމުން ދިޔަ ސިޓީ ކައުންސިލްގެ އަތުން އެތަން ސަރުކާރަށް ނެގީ މާރުކޭޓްގައި ގާނޫނާ ގަވައިދާ ހިލާފު އެތައް ކަމެއް ކުރަމުންދާތީއާއި އެތަނުގެ ސާފުތާހިރުކަން ގެއްލިގެން ދިޔަ އިރުވެސް ސިޓީ ކައުންސިލަށް އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރެވިފައި ނުވާތީ ކަމަށެވެ.

މިނިސްޓަރު މުއިއްޒު އިތުރަށް ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓް މިހާރު ހުރި ތަނުގައި ސަރުކާރުން ރަނގަޅު އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާރުކޭޓް މަރާމާތުކޮށް އަލުން ހުޅުވިއިރު އެތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން މާރުކޭޓްގެ ވަށައިގެން ފާރު ރާނާ އެތަން ތަޅުލެވޭ ގޮތް ވަނީ ހަދާފަ އެވެ.

މާރުކޭޓްގައި ޖުމްލަ 162 ގޮޅި ހަދާފައިވާއިރު އަދި މިހާތަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 118 ފަރާތަކާއިއެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް