ބަރަކާތްތެރި ރަމަޟާން މަސް މިއަދު ފެށުނުއިރު ދުނިޔޭގެ ބައެއް ހިސާބުތަކުގައި ދުވާލު ދިގުވުމުގެ ސަބަބުން ބައެއް ގައުމުތަކުގައި ރޯދަައަށް ތިބެންޖެހޭ ވަގުތު ވަރަށް ދިގެވެ.
އެ ސަރަހައްދުތަކުގެ މުސްލިމުން ރޯދަޔަށް ތިބެންޖެހޭ ވަގުތުގެ މައްސަލާގައި ބަހުސްކުރަމުންދާއިރު ބައެއް ގައުމުތަކުގައި 21 ގަޑިއިރު މުސްލިމުން ރޯދައަށް ތިބެންޖެހެ އެވެ. އެ ގައުމުތަކަކީ ޑެންމާކާއި ސުވިޑްންއާ އައިސްލޭންޑުގެ އިތުރުން ނޯވޭ އެވެ.
ދެން އެންމެ ދިގުކޮށް ރޯދަ ހިފަން ޖެހެނީ ރަޝިޔާގެ މުސްލިމުންނެވެ. ރަޝިޔާގެ މުސްލިމުން 19 ގަޑިއިރު ރޯދަ ހިފަން ޖެހޭއިރު ބެލްޖިއަމް އަދި ނެދަލޭންޑްސްގެ މުސްލިމުން 18 ގަޑިއިރާ 30 މިނިޓު ރޯދަ ހިފަން ޖެހެ އެވެ.
ހަމަ މިގޮތަށް ދުވާލު ކުރު ގައުމުތަކެއްވެސް އެބަ އޮތެވެ.
އެންމެ ކުރުވަގުތުގައި ރޯދަ ހިފަންޖެހޭ ގައުމަކީ އާޖެންޓީނާގެ މުސްލިމުންނެވެ. އެ ގައުމުގެ މުސްލިމުން އެންމެ ނުވަ ގަޑިއިރު ރޯދަ ހިފަން ޖެހޭއިރު އޮސްޓްރޭލިއާގައި ދިރިއުޅޭ ރައްޔިތުން ރޯދަ ހިފަން ޖެހެނީ 10 ގަޑިއިރެވެ.
ދެކުނު އެފްރިކާގެ މުސްލިމުން 10 ގަޑިއިރާ 30 މިނިޓު ރޯދަ ހިފަން ޖެހޭއިރު ބްރެޒިލްގެ މުސްލިމުންގެ ދުވާލުގެ ދިގުމިނަކީ 11 ގަޑިއިރެވެ.
މި ދިގުމިން ގުނަނީ ފަޖްރު ވަގުތުން ފެށިގެން މަޣްރިބް ވަގުތާ ހަމައަށެވެ.
ދުވަސް ދިގުވުމުގެ އިތުރުން މިފަހަރު އިރުމަތީ ބިތުގެ ގައުމުތަކަށް ހޫނު ގަދަވުމުގެ މައްސަލަ ވެސް އެބަ އޮތެވެ. މި އަހަރުގެ ރަމަޟާން މަސް އިސްލާމީ ގިނަ ގައުމުތަކަށް މިއަދު ވަނީ ފަށައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް