ތ. ކަނޑޫދޫގައި ފާރެއް ވެއްޓި ޒަޚަމްވި ކުޑަކުއްޖާގެ އިތުރު ފަރުވާއަށް އެ ކުއްޖާ މާލެ ގެނެސްފިއެވެ.
އިއްޔެ ކަނޑޫދޫގައި 10 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ގަޔަށް ފާރެއް ވެއްޓި އެ ކުއްޖާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
ކުއްޖާގެ އެތެރެ ހައްޓަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައިކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
އިއްޔެ ހަވީރު ހިނގި މި ހާދިސާގައި 10 އަހަރުގެ ކުއްޖާގެ ގައިމައްޗަށް ވެއްޓިފައިވަނީ ދުވަސްވެފައި ހުރި ބާ ފާރެއްކަމަށް އެ ރަށު ކައުންސިލުންބުނެފައިވެއެވެ.
ކުއްޖާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ މިއަދު ހެނދުނުގެވަގުތެއްގައެވެ.
މިކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް