ގެއްލުނު ދޯނި ހޯދަން މޯލްޑިވިއަންގެ ފްލައިޓެއް އެބަ ބޭނުންކުރަން: އެމްއެންޑީއެފް

ތިލަފުށިން މެދުފުއްޓަށް ދަތުރުކުރި ދޯންޏެއް ފަޅުވެރިންތަކަކާއެކު ގެއްލިގެން ހޯދަމުން އަންނައިރު އެ ދޯނި ހޯދުމަށް މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސ...

18 May 2024 | 07:09

ތިލަފުށިން މެދުފުއްޓަށް ދަތުރުކުރި ދޯންޏެއް ފަޅުވެރިންތަކަކާއެކު ގެއްލިގެން ހޯދަމުން އަންނައިރު އެ ދޯނި ހޯދުމަށް މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި ރިސޯޓަށް ދަތުކުރަމުންދިޔަ "AAA-37" ނަމަކަށްކިޔާ ދޯންޏެކެވެ. އެ ދޯނި އިއްޔެ ހެނދުނު 06:00 ހާއިރު ތިލަފުށިން ފުރި ކަމަށާއި ޚަބަރެއް ނުވެގެން ރިޕޯޓުކުރީ އިއްޔެ އިރު އޮއްސުނު ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ކުރިން އެމްއެންޑީއެފްއިން ބުނީ އެ ދޯނީގައި ތިން މީހަކު ތިބި ކަމަށެވެ. ނަމަވެސް މިހާރު ހަތަރު މީހަކު އެ ދޯނީގައި ތިބިކަމަށް ވެރިފަރާތުން މައުލޫމާތު ދީފައިވާކަށް ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ އެ ދޯނި ހޯދުމަށް ރެއިން ފެށިގެން ކޯސްޓްގާޑު ޝަހީދު އަލީ ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މިހާރު މޯލްޑިވިއަންގެ ފްލައިޓެއްގެ އެހީގައި ވައިގެމަގުންވެސް ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް