މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ހިސާބުތަކަށް ރީދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ކަނޑުތައް ގަދަވެ ވައި ގަދަވާނެ ކަމަށެވެ. މިގޮތުން 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހި، ވިލާގަނޑެއްގައި ގަޑިއަކު 50 މޭލަށް ވައި ގަދަ ވާނެކަަމަށް ލަފާ ކުރެވޭ ކަމަށެވެ.
ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ރީދޫ ސަމާލު ނެރެފައިވަނީ، މިއަދުގެ ހެނދުނު 10:00 އިން މެންދުރު 02:00 އާއި ހަމައަށެވެ.
މި ވަގުތުތަކުގައި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މެޓުން ވަނީކަނޑުދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަާށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް