މ. މަޑުއްވަރީ ބަނދަރުގައި އޮތް ދޯންޏެއް އަޑިއަށް

ގަދަ ވަޔާއި ވިއްސާރައިގާ މ.މަޑުއްވަރީބަނދަރުގައި އޮތް ދޯންޏެއް އަޑިއަށް ގޮސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ އައި ބާރުގަދަ ކޮޅިގަނޑެއްގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރަށު ކައުންސިލާއި ރައްޔިތު...

18 May 2024 | 06:47

ގަދަ ވަޔާއި ވިއްސާރައިގާ މ.މަޑުއްވަރީބަނދަރުގައި އޮތް ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ އައި ބާރުގަދަ ކޮޅިގަނޑެއްގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރަށު ކައުންސިލާއި ރައްޔިތުން އަދި ފުލުހުންގެ އެހީތެރިކަމާއެކު އެ ދޯނި މިހާރުވަނީ ތިލަކޮށްފައެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ނުކުރުމަށް އަދި މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިންނާއި މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް