އިސްރާއީލުން ދެމުން އަންނަ ހަމަލާތަކަށް ހަމާސް އޮތީ ދޫދޭގޮތަކަށް ނޫންކަމުގައި އެ ޖަމާއަތުން ބުނެފިއެވެ.
އެ ޖަމާއަތުގެ ތަރުޖަމާނު އަބޫ އޮބެއިދާ އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިބަނީ ރަފަހަށް ވަދެ ދެމުން އަންނަ ހަމަލާތަކާއި ގުޅޭގޮތުން އޭނާ ބުނެފައިވަނީ ހަނގުރާމަ ދިގުދެމިގެންދިޔަނަމަވެސް އެ ޖަމާއަތް އޮތީ ތައްޔާރަށް ކަމަށެވެ. އިސްރާއީލުގެ ސިފައިން ވެއްޓެން އެ އަންނަނީ އަނދަވަޅުތަކަކަށް ކަމަށެވެ. އަދި އެކަން އެމަގުން ހިނގާނީ ހަމާސް އަކީ މާ ބާރުގަދަ ބަޔަކަށް ވީތީ ނޫން ކަމަށާއި ހަމާސްގެ ހަނގުރާމައަކީ ވަޒަން ދިފާއު ކުރުމުގެ ހަނގުރާމައަކަށްވާތީ ކަމަށެވެ.
ރަފަހަށް ވަދެގަންނަން އުޅުނު އުޅުމުގައި މިހާރުވެސް އިސްރާއީލުގެ 100އެއްހާ އަސްކަރީ އުޅަނދަށް ހަމަލާ ދެވިފައިވާކަމަށާއި އޭގެތެރޭގައި ޓޭންކާއި ބުލްޑޯޒަރުވެސް ހިމެނޭކަމަށް އޭނާ ބުނެފައިވެއެވެ.
ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންވެސް މަރުވަމުން އަންނައިރު ތިން އަސީރެއްގެ ހަށިގަނޑުވެސް ޢައްޒާއިން ހޯދިފައިވާކަމަށް އިސްރާއީލުން ބުނެފައިވެއެވެ.
އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުންއަންނަތާ ހަތް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިހާތަނަށް ޣައްޒާއިން އެކަނި 35،303 ރައްޔިތަކު ވަނީ ޝަހީދުވެފައެވެ. ޒަޚަމްވި މީހުންގެ އަދަދު އުޅެނީ 79،261 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް