ފާފު އަތޮޅު ފިލިތެޔޮ ކައިރީ ކަނޑު އަޑިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ.
ފުލުހުން މިރޭ ބުނީ އެތަކެތި ހޯދާފައިވަނީ ފިލިތެޔޮ ކައިރީ ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައިހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
"މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް