މެމްބަރު ޒަރީރަށް އެމްއެންޑީއެފް ސެކިއުރިޓީ ދޭން ފަށައިފި

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ފަށައިފި އެވެ. އޭނާއަށް ސެކިއުރިޓީ ދޭން ފަށާފައި މިވަނީ މިމަހުގެ އެއް ވަނަ ދުވަހުގެ ފަތިހު ކެފޭއެއްގައި އިންނަވަނިކޮށް ނުރައ...

18 May 2023 | 08:15

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ފަށައިފި އެވެ.

އޭނާއަށް ސެކިއުރިޓީ ދޭން ފަށާފައި މިވަނީ މިމަހުގެ އެއް ވަނަ ދުވަހުގެ ފަތިހު ކެފޭއެއްގައި އިންނަވަނިކޮށް ނުރައްކާތެރި ހަތިޔާރަކުން ހަމަލާދީ އަވަހާރަކޮށްލަން އުޅުނު މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. އެ ހާދިސާގައި ލިބުނު ޒަހަމްތަކަށް އޭނާ އޭޑީކޭއިން ފަރުވާ ހޯއްދެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މީޑިއާގައި ވިދާޅުވީ ސެކިއުރިޓީ ފޯރުކޮށްދޭނީ މެންބަރަކު އަމިއްލައަށް އެދިގެން ނުވަތަ ތްރެޓް އޮންނަ ލެވެލަކަށް ބެލުމަށްފަހު ކަމަށެވެ. ޒަރީރަށް ދެވުނު ފަދަ ހަމަލާތަކަކީ ކަންބޮޑުވާ މައްސަލަތައް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލިސް މެންބަރުންގެ ރިސްކް އެސެސްމަންޓެއް ހަދަން މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި އެ އެސެސްމެންޓަށްފަހު ސެކިއުރިޓީ ބޭނުންވާކަމަށް ފެންނަ މެންބަރުންނަށް ޕާސަނަލް ސެކިއުރިޓީ ދޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ޒަރީރަށް ހަމަލާދިނީ މަރުތޭލަކުން ފަސް މީހުންގެ ގްރޫޕަކުން ކަމަށްވެ އެވެ. އެ މައްސަލައިގަ ހަމަލާދިން މީހުން ދެނެގަތީ ކެފޭގެ ސީސީޓީވީ ފުޓޭޖުންނެވެ.

މިހާތަނަށް ދެ މީހުން ވަނީ ހައްޔަރު ކޮށްފައި އެވެ. އަދި އެ މައްސަލައިގަ މއ. ނައިޓްވިލާ، އުމުރުން 32 އަހަރުގެ އިބްރާހީމް އަބްދުﷲ (ގައްބަރޭ) ހޯދަން ވަނީ އިއުލާނު ކޮށްފައި އެވެ.

މިހާތަނަށް އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް