މެދުކެނޑުމަކަށް ފަހު ޕިއްޒާކިޗަންގެ ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް އަނެއްކާވެސް ފަށައިފިއެވެ.
ޕިއްޒާކިޗަނުން ބުނާގޮތުގައި ޕިއްޒާކިޗަންގެ ހުޅުމާލޭ އައުޓުލެޓް ބަންދުކޮށް ހިދުމަތް މެދުކަނޑާލާފައިވަނީ ޕިއްޒާކިޗަން ހިންގަމުން އައި ތަން ބަދަލުވުމުގެ ސަބަބުންނެވެ. ނަމަވެސް މިއަދު އަނެއްކާވެސް ޕިއްޒާކިޗަންގެ ހާއްސަ ޕިއްޒާތައް ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ހުޅުލެއަށް މިވަނީ ޑެލިވަރީގެ ހިދުމަތް ފަށާފައެވެ.
"ނަމަވެސް މާލެއަށް ޕިއްޒާކިޗަންގެ ޑެލިވަރީގެ ހިދުމަތް ލިބެމުންދާނީ އަވަސް ފުޑުގެ އެޕްލިކޭޝަން މެދުވެރިކޮށެވެ." ޕިއްޒާކިޗަނުން ބުނެއެވެ.
ޕިއްޒާކިޗަންގެ ޑެލިވަރީގެ ހިދުމަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 11 އިން މެންދަމު އެކެއް ޖަހަންދެން ދޭނެއެވެ.
ޕިއްޒާކިޗަންގެ ޑައިނިންގެ ހިދުމަތް ވަރަށް އަވަހަށް ހުޅުމާލޭގައި ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ޕިއްޒާކިޗަންއިން ޕިއްޒާ އަށް އޯޑަރު ކުރުމަށް ގުޅާނީ 3356565 އަދި ވައިބަރ ކުރާނީ 7876565 ނަމްބަރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް