ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި އެވެ.
އެގޮތަށް ފާސްކުރީ ޕީޖީ ގްރޫޕުގެ ހުރިހާ މެމްބަރުންގެ އިއްތިފާހުންނެވެ.
އީވާ މަގާމުން ވަކިކުރަން ނިންމީ އެމްޑީޕީން އިއްޔެ ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވުމާ ގުޅިގެންނެވެ. އީވާ ވަކިކުރަން ނިންމީ އެ ޕާޓީގެ މެމްބަރަކު ނޫން ބޭފުޅަކު މަޖިލީހުގެ ނައިބު ރައީސްގެ ގޮތުގައި އިންނަވައި މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުން ނުވާތީ އެވެ.
ޕާޓީގެ ދަފްތަރުން އީވާ ވަކިކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް