ފިތުރޯނު ސްމާޓް ޕާކިން ޒޯނުން ޖާގަ ދޫކުރަން ހުޅުވާލައިފި

އާބަންކޯގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ދާދި ފަހުން ތައާރަޔފުކުރި ސްމާޓް ޕާކިންގ ސޮލިއުޝަން ހިމެނޭ ފިތުރޯނު ސްމާޓް ޕާކިންގ ޒޯނުން ބީލަމުގެ އުސޫލުން ޕާކިން ޖާގަ ކުއްޔަށް ދޫކުރުމަށް އިއުލާނު ކޮށްފިއެވެ....

18 May 2023 | 05:40

އާބަންކޯގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ދާދި ފަހުން ތައާރަޔފުކުރި ސްމާޓް ޕާކިންގ ސޮލިއުޝަން ހިމެނޭ ފިތުރޯނު ސްމާޓް ޕާކިންގ ޒޯނުން ބީލަމުގެ އުސޫލުން ޕާކިން ޖާގަ ކުއްޔަށް ދޫކުރުމަށް އިއުލާނު ކޮށްފިއެވެ.

ހުޅުމާލޭ ފެރީ ޓާމިނަލް ކާރީގައި ގާއިމުކޮށްފައިވާ މި ޕާކިން ޒޯނުން ދިގު މިނުގައި 4.8 މީޓަރުއަދި ފުޅާ މިނުގައި 2 މީޓަރު ހުންނަ 23 ކާރު ޕާކިންގ ޖާގަ ވަނީ ހުޅުވާލާފައެވެ. 3 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މި ޕާކިންގ ޖާގަ ތަކުގެ ބީލަން ފެށޭ އަގަކީ 1500 ރުފިޔާ އެވެ.

މި އިއުލާނުގައި ވާގޮތުން ބީލަން ހުށަހަޅާ ފަރާތުގައި ހުނަންޖެހޭ މައިގަނޑު ޝަރުތު ތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައި ވުމާއި، ޕާކު ކުރަން ހުށައަޅާ އުޅަނދަކީ  ބީލަން ހުށަހަޅާ ފަރާތުގެ ނަމުގައި ގްރޭޓަރ މާލޭ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓްރީ ކުރެވިފައިވާ އުޅަދަކަށްވުން ހިމެނެއެވެ.  އަދި މީގެ ކުރިން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން އެއްވެސް ޕާކިންގ ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތަކަށް ނުވުން ހިމެނއެވެ.

މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓު، އަދި ފިތުރޯނު މަގުގައި ދިރިއުޅޭ ފަރާތްތަކަށާއި ކުރިން ފިތުރޯނު ޕާކިންގ ޒޯނުން ހުޅުވާލި ބީލަން ކާމިޔާބު ކުރި ފަރާތްތަކަށް  20 ޕޮއިންޓު ކަނޑައަޅާފައި ވެއެވެ. މި ބީލަމާގުޅޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެއެވެ.

bit.ly/3o6cKu2

އެއްމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްޕާޓް ޕާކިންގ ޒޯނުގައި ޕާކު ކުރުމުގެ ކަންކަން ލުއިފަސޭހަ ވާނެ ވަރަށް ގިނަ ކަންކަން އެބް ހުއްޓެވެ.   މިގޮތުން، ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓަރ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެއެވެ. މިގޮތަށް ހުށިޔާރުކަމާ އެކީގައި  އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެއްމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)، އަދި މެޝިން ލާރނިންގ (އެމް.އެލް) ބޭނުންކުރެއެވެ.

މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު  ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެއެވެ. މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައްވީސް ގަޑި އިރު ސީ.ސީ.ޓީ.ވީ ކެމެރާ މެދުވެރިކޮށް މޮނިޓަރ ކުރެވޭނެއެވެ.

ފިތުރޯނު ޕާކިންގ ޒޯނަކީ އެއްމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިންގ ޒޯންތައް  ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ތައާރަފު ކުރެވި ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެން ދާނެކަމަށް އާބަންކޯއިން ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް