އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަން އިއްވުމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނިކުމެވަޑައި ނުގެންނެވުމުން ޖަލްސާ މެދުކަނޑާލައިގެން ގަދަ ބާރުންވެސް ނެެރެވޭގޮތް ނުވެގެން އެންމެ ފަހުން ނެތް ކަމަށް ބަލައި ޖަލްސާ އަލުން ފަށައިފި އެވެ.
ރޮޒައިނާގެ ނަން އިއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ހުރަސް އަޅުއްވައި އަޑުގަދަ ކުރަން ފެއްޓެވުމުންނެވެ. ރޮޒައިނާ ހިތްހަމަ ނުޖެހުނީ އެމްޑީޕީގެ ވަގުތުގައި އެޕާޓީން ވަކިވެފައިވާ މެމްބަރުންނަށް ފުރުސަތުދޭ ކަމަށް ވިދާޅުވެ އެވެ.
ރޮޒައިނާ އަމިއްލައަށް ނުކުމެވަޑައި ނުގެންނެވުމުން ރައީސް ނަޝީދު ވަނީ ޖަލްސާ މެދުކަނޑާލަނީ އޭނާ ނެރެން ކަމަށް ވިދާޅުވެފައި އެވެ. އެކަމަކު އޭގެ 10 ވަރަކަށް މިނެޓު ފަހުން އަލުން ޖަލްސާ ފެށި އިރުވެސް ރޮޒައިނާ ނެރެފިފައި ނުވާތީ މެމްބަރުން ގެންދެވީ އަލުން ޖަލްސާ ފެށީ ކޮން ގަވައިދެއްގެ ދަށުންތޯ ސުވާލު ކުރައްވާފައި އެވެ.
މަޖިލީހުގެ ގަވައިދާ ހަވާލާދެއްވާ ނަޝީދު ވިދާޅުވީ މެމްބަރު ތަޅުމުގައި ނެތް ކަމަށް ބަލައި ޖަލްސާ ކުރިޔަށް ގެންދެވޭނެ ކަމަށް ގަވައިދުގައި ބުނާ ކަމަށެވެ.
އެކަމަކު މިއީ މިފަދަ ގޮތަކަށް އަމަލު ކުރި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް