ވައިގެ މަގުން އެތެރެކުރަން އުޅުނު 10 މިލިޔަނުން އަގުކުރެވޭވަރުގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވާގޮތުގައި ވައިގެ މަގުން ބްރެޒިލް...

18 May 2022 | 14:49

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވާގޮތުގައި ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެމެރިކާގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ވަނީ ފެނިފައެވެ.

މިތަކެތި އަތުލައިގަނެފައިވަނީ 2022 މެއި 11 ވަނަ ދުވަހު ރާއްޖެއައި އެމެރިކާގެ ރައްޔިތަކާއި މެދު ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށާއި، މިގޮތުން، އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން  (Cocaine)އަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނެފައިވާގޮތުގައި މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.064 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 10,000,000.00 (ދިހަ މިލިއަން) ރުފިޔާއަށް އަރައެވެ. މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައި ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް