ހއ.މާރަންދޫ ސްކޫލްގެ 2 ބުރި އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި އެވެ.
މި މަސައްކަތް ހަވާލު ކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ކުޝުރުވާންއެވެ.
މި މަޝްރޫއު އަކީ2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ.
އެ ކުންފުންޏާއި މަސައްކަތް ހަވާލު ކުރީ7.9 މިލިއަން ރުފިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް