ހއ.މޮޅަދޫ ސްކޫލްގެ ތިން ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އާއެވެ. މިއީ PSIP 2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.
އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 4,779,049.14ރ (ހަތަރު މިލިއަން ހަތް ލައްކަ ހަތްދިހަ ނުވަ ހާސް ސާޅީސް ނުވަ ރުފިޔާ ސާދަ ލާރި)އަށް މި މަސައްކަތް 118 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.
މި އެގްރީމަންޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އަލީ ޝަމީޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް