ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓު ގެންގޮސްފި

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ގެންގޮސްފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ ބޮޑުހިލައިގެ ފުރަތަމަ ޝި...

18 May 2022 | 07:59

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ގެންގޮސްފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓު އެ ރަށަށް ގެންގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމަށް ހަމަޖެހިފައިވެ އެވެ. އަދި 803 މީޓަރު ބޭރުތޮށި ލާނެ އެވެ.

މީގެ އިތުރުން 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. އެ ކުންފުނިން ބުނީ މަސައްކަތް ނިމޭއިރު 90 މީޓަރުގެ ގްރޮއިން ވެސް ޖަހާނެ ކަމަށެވެ.

މިއީ 39.9 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް