ސަރުކާރުން ތަންފީޒު ކުރަނީ ވަކި ޕާޓީއެއްގެ ސިޔާސަތެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރީ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު މިނިސްޓަރު ހާޒިރު ކުރަން ބޭނުންފުޅުވެގެންނެވެ.
މެންބަރުގެ ސުވާލުގައި ވަނީ އެމްޑީޕީގެ ސިޔާސަތު ތަންފީޒު ނުވަނީ ކީއްވެގެންތޯއާއި، އެ ސިޔާސަތުތައް ކޯލިޝަން ސަރުކާރަށް ތަންފީޒު ކުރަން ދަތިވަނީ އެއީ އެމްޑީޕީގެ ސިޔާސަތުތަކަކަށް ވާތީތޯ ސުވާލު ކުރައްވާފަ އެވެ. އަދި މަހަށް ހަމަ އަގު ނުލިބިގެން އުޅެނީ ކީއްވެގެންތޯ އާއި ގޭދޮށު މަސް ފެކްޓަރީތައް ހުވަދު އަތޮޅުގައި ނޭޅިގެން އުޅެނީ ކީއްވެގެންތޯ ސުވާލު ކުރެއްވި އެވެ.
މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ހުސައިން ވިދާޅުވީ ސަރުކާރުގެ ކޮންމެ ސިޔާސަތެއް ތަންފީޒު ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާ ގޮތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގައި އެމްޑީޕީ ވެސް ހިމެނޭތީ ސަރުކާރުން ތަންފީޒު ކުރާ ސިޔާސަތުގައި އެމްޑީޕީގެ ސިޔާސަތުތައް ހިމެނޭނެ ކަމަށާއި ތަންފީޒު ކުރަމުންދަނީ ވަކި ޕާޓީއެއްގެ ސިޔާސަތު ނޫން ކަމަށެވެ.
ސަރުކާރުން އެމްޑީޕީގެ ސިޔާސަތު ފަންފީޒު ނުކުރާ ކަމަށް ބުނެ އެޕާޓީގެ މެމްބަރުން ގެންދަނީ އަބަދު ޝަކުވާ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް